Back

އައްޝައިޚް މުޙައްމަދު ޢަލީ އާދަމް އަލްއިތިޔޯޕީ

2021-03-17 . Written by adam

“މައްކާއަށް އައުމަށް ފަހު ޙަރަމުގެ މަޢުހަދުގައި ކިޔަވަން ފެށީމެވެ. އަދި ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާއާއި އިބުނުލް ޤައްޔިމްއާއި އައްޝައިޚު މުޙައްމަދު ބުން ޢަބްދުލް ވައްހާބުގެ ފޮތްތައް މުޠާލިޢާކުރަން ފެށީމެވެ. އަދި ޤައުމުގައި އުޅުނުއިރު ކިޔެވި ފޮތްތަކުގައި ނެތް ވާހަކަތައް ތިމަންނައަށް އެފޮތްތަކުން ފެނުނެވެ. ކުރިން ކިޔެވި ފޮތްތަކުގައިވަނީ ޞައްޙަ ދަލީލުތައް ކަމަށް ބަލައި، އެމަންހަޖުގައި ވާގޮތަށް ކުރީގައި އުޅުނީމެވެ. ނަމަވެސް ފަހުން ބެލި ފޮތްތަކުގައިވާ ދަލީލުތަކަކީ ޞައްޙަ ނައްޞުގެ މައްޗަށްވާ ދަލީލުތަކަކަށް ވާތީ، ކުރިން ޤައުމުގައި އުޅުނުއިރު ކިޔަވައި ދިން އަޝްޢަރީ ޢަޤީދާގެ ޝައިޚުން ބުނެދިން ގޮތް ދޫކޮށްލީމެވެ.

އަދި ބައްޕަގެ އަރިހަށް ޒިޔާރަތްކުރުމަށްޓަކައި ޤައުމަށް ދިޔުމުން “ވައްހާބީއަކަށް ވީހެއްޔޭ؟” ބައެއް މީހުން ސުވާލުކުރިއެވެ. ވައްހާބީ ނުވާކަމަށް ބުނީމެވެ. އެހެނެއްކަމަކު މައްކާއަށް ދިޔުމުގެ ކުރިންވެސް ޞައްޙަ ދަލީލުތަކަށް ތިމަން ތަބަޢަވާކަން ތިބާއަށް އެނގެއެއް ނޫން ހެއްޔޭ ބުނުމުން އޭނާ ބުންޏެވެ. “އާއެކެވެ. އެކަމު މިހާރު އަދި މާ ހަރުކަށިވެއްޖެއެވެ.” ދެން ތިމަން ބުނީމެވެ. އިމާމު ޝާފިޢީ ޙިޖާޒުކަރައާއި ޢިރާޤުގައި އުޅުއްވި ދުވަސްވަރުގައި ޢަމަލުކުރަމުން އައީ އެހެން މަޛްހަބަކަށް ކަމަށާ އަދި މިޞްރަށް ވަޑައިގެންނެވުމުން ބައިވަރު ދަލީލުތައް ފެނިވަޑައިގެން ކުރީގެ މަޛްހަބު ދޫކޮށްލައްވާ، އައު މަޛްހަބަށް އުޅުއްވިކަން ނުކިޔަވަންތޯއެވެ.

ހަމަ އެފަދައިން ތިމަންނަވެސް ޤައުމުގެ އަހުލުވެރިންގެ ގާތަށް އައިސްފައި ނުވާ ދަލީލުތައް ފެނުމުން އެގޮތަށް ތަބަޢަވެ ޢަމަލުކުރަނީ ކަމުގައި ބުނީމެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ ތިމަން ކުރިޔަށްދާނީ މިގޮތުގައި ކަމުގައި ބުނީމެވެ

ޝައިޚް ލިޔުއްވާފައިވާ ފޮތްތައް:

ޝައިޚްވަނީ 50 އަށްވުރެ ގިނަ ފޮތް ލިޔުއްވާފައެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ފޮތްތަކަކީ:

شرح سنن النسائي المسمى بـ (ذخيرة العقبى في شرح المجتبى): މިއީ 4 މުޖައްލަދުގެ ފޮތެކެވެ.

قرة عين المحتاج في شرح مقدمة صحيح مسلم بن الحجاج.

البحر المحيط الثجاج في شرح صحيح مسلم بن الحجاج: މިއީ 44 މުޖައްލަދުގެ ފޮތެކެވެ.

قرة العين في تلخيص تراجم رجال الصحيحين.

إسعاف ذوي الوطر في شرح نظم الدرر: މިއީ ألفية السيوطي ގެ ޝަރަޙައެވެ.

الجليس الصالح النافع شرح الكوكب الساطع في أصول الفقه.

نظم شافية الغلل في ألفية العلل.

مزيل الخَلل شرح شافية الغلل.

الجوهر النفيس في نظم أسماء ومراتب الموصوفين بالتدليس.

الجليس الأنيس في شرح الجوهر النفيس.

تذكرة الطالبين في ذكر الموضوع وأصناف الوضاعين.

الجليس الأمين في شرح تذكرة الطالبين.

نظم إتحاف أهل السعادة بمعرفة أسباب الشهادة.

بغية طالب السعادة شرح إتحاف أهل السعادة.

رفع الغين في ثبوت زيادة “وبركاته” في التسليم من الجانبين.

مشارق الأنوار الوهاجة ومطالع الأسرار البهاجة في شرح سنن ابن ماجه.

فتح الكريم اللطيف شرح أرجوزة التصريف.

فتح القريب المجيب شرح مدني الحبيب نظم مغني اللبيب.

التحفة المرضية نظم في أصول الفقه.

التحفة الرضية في شرح التحفة المرضية.

نظم مختصر في علم الفرائض.

البحر المحيط الأزخر في شرح نظم الدرر في علم الأثر.

مجمع الفوائد ومنبع العوائد بذكر الأثبات والأسانيد.

مواهب الصمد.

نظم شافية ابن الحاجب.

جامع الفوائد وضابط العوائد.

نظم الأحاديث المتواترة.

رجز في علمي العروض والقوافي.

إتحاف ذوي الهمة بمسائل مهمة.

البهجة المرضية في نظم متمِّمَة الأجرومية.

المنة المرضية شرح البهجة المرضية.

إتحاف ذوي الوطر بشرح بهجة الدرر.

الفوائد السمية.

عمدة المحتاط فيمن رمي بالاختلاط.

عدة أولي الاغتباط في شرح عمدة المحتاط.

إتحاف النبيل بمهمات علم الجرح والتعديل.

إيضاح السبيل شرح إتحاف النبيل بمهمات علم الجرح والتعديل.

الدرة المضية، ألفية في التوحيد.

المنة الرضية شرح الدرة المضية.

منهج الطلاب لتحصيل الآراب.

الدرة المحبرة في وجوه الترجيحات المحررة.

الباعث الحثيث في نصيحة طلاب دار الحديث.

بهجة العقول في نظم ما بُنِي للمجهول.

نيل المأمول من معاني بهجة العقول.

الرد المبكي للمجرم الدنماركي.

قصيدة في الرد على بكر بن حماد المغربي.

إتحاف الطالب الأحوذي شرح جامع الترمذي.

نظم خاتمة المصباح.

نظم رسالة علوم التفسير لابن تيمية.

شرح عقود الجمان في البلاغة.

އަވަހާރަވުން:

ޙަޔާތުގެ އެންމެ ފަހު ދުވަސްތަކާ ޖެހެންދެންވެސް ދާރުލް ޙަދީޘްއަށް ވަޑައިގެން ކިޔަވައިދެއްވާ، ދަރިވަރުންނަށް ހިތްވަރުދެއްވުމުގައި ޝައިޚު ދެމިހުންނެވިއެވެ. އަވަހާރަވުމުގެ ދެ ހަފްތާ ކުރިން ބައެއް ފަހަރު ހޮސްޕިޓަލުން ނިމިގެންވެސް ދާރުލް ޙަދީޘްއަށް ކިޔަވައިދެއްވުމަށް ވަޑައިގަންނަވައެވެ. ޝައިޚުގެ ދަރިވަރުން ބުނާ ގޮތުގައި ކިޔަވަދެއްވަން ވަޑައިގަންނަވާ އިރުވެސް އައިވީ ގުޅުމަށްޓަކައި ޝައިޚުގެ އަތަށް ހަރާފައިވާ ކެނިއުލާވެސް ނައްޓައިނުލައި ހުރެއެވެ.

ޝައިޚް އަވަހާރަވީ ހިޖްރައިން 1442 ވަނަ އަހަރުގެ ޞަފަރު މަހުގެ އެކާވީސްވީ ބުރާސްފަތި ދުވަހުގެ ހެނދުނު، މައްކާގައެވެ. އަދި ޖަނާޒާ އޮތީ އެދުވަހުގެ ޢިޝާ ނަމާދުގެ ފަހުގައެވެ. އަދި ފަސްދާނު ލެވުނީ މައްކާގެ މަޤްބަރަތު ޝުހަދާއުލް ޙަރަމުގައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ޝައިޚުގެ ފާފަތައްފުއްސަވާ ޝައިޚަށް ހެޔޮ ރަޙްމަތްލައްވާށިއެވެ! އަދި މަތިވެރިވެގެންވާ ޖަންނަތުލް ފިރްދައުސް މިންވަރުކުރައްވާށިއެވެ!